މާލެއާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ހަށިވިއްކުމުގެ މައްސަލަ އިތުރު ވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުު (ސީޕީ) ވިދާޅުވެއްޖެއެވެ.

ފާއިތުވި 4 އަހަރު ސަރުކާރުގެ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީޕީ މިއަދު ވިދާޅުވީ ހަށިވިއްކުމުގެ ކަންކަން ފުޅާވެފައިވާތީ އެކަންކަން ހުއްޓުވުމަށް ނުވަތަ މަދު ކުރުމަށް ފުލުހުން މިހާރުވެެސް ގެންދަނީ މަސައްކަތްކުރަމުން ކަމަށް ވެެސް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ހަށިވިއްކުމުގެ 58 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރެއިން ބެލިފައިވަނީ 32 މައްސަލަ ކަމަށް ވެސް ވިދާޅުވިއެވެ. އެފަދަ މައްސަލަތަކުގައި 140 މީހުން ވަނީ ފާއިތުވި މުއްދަތުގައި ހައްޔަރުކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ދޭސީންނާއި ބިދޭސީން ވެެސް ހިމެނެއެވެ. ބިދޭސީންގެ ތެރެއިން 84 މީހުން ވަނީ ރާއްޖެއިން ޑީޕޯޓް ކޮށްފައި ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ފާއިތުވި 4 އަހަރު ފުލުހުންވަނީ ހަށިވިއްކާތަންތަނަށް ޚާއްސަކޮށްގެން 58 އޮޕަރޭޝަނެއް ހިންގާފައި ކަމަށް ވެސް ވިދާޅުވިއެވެ. ކުރިއަށްއޮތް ތަނުގައި ވެސް މިފަދަ މައްސަލަތައް ހުއްޓުވަން މަައްކަތް ކުރައްވާނޭ ކަމަށް ސީޕީ ވިދާޅުވިއެވެ.

ހ