އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫގެދަށުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެ ކުންފުނީން ބުނީ 56.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ހިނގާ މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގެ 78 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އޭގެ އިރުން ގްރޮއިން ޖެހުމުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމިފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 24،335 ކިއުބިކް މީޓަރު ކޮނުން
  • 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
  • 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  • 56 މީޓަރުގައި ގްރޮއިންސް ޖެހުން
  • 100 މީޓަރުގެ ރިވެޓްމެންޓް ޖެހުން
  • 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުން ހިމެނެއެވެ.