ގދ. ފަރެސްމާތޮޑާގައި އަމިއްލަ ޚަރަދުގައި ގެސްޓުހައުސްއެއް ހިންގައިދޭނޭ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކުރައްވައިފިއެވެ. އެ އިއުލާނުގައި ވާގޮތުން ގެސްޓު ހައުސް ހިންގަންޖެހެނީ އެރަށު މާތޮޑާ އަވަށުގެ ޢުލޫމް ޕްރީސްކޫލް ކުރީން ހިންގި އިމާރާތުގައެވެ.
މި ކަމާބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ނޮވެމްބަރ 21 ވާ ހޯމަ ދުވަހު ފަރެސްމާތޮޑާ ކައުންސިލް އިދާރާގައި އޮންނާނެ ކަމަށް ކައުންސލުން ވިދާޅުވެފައިވެއެވެ. ބައްދަލުވުން އޮންނާނީ އެދުވަހު ހެނދުނު 11:00 ގައެވެ. ބައްދަލުވުމަށްފަހު ބިޑު ހުށައެޅުން އޮންނާނީ ނޮވެމްބަރ 27 ވަނަ ދުވަހު 11:00 ކަމަށް އެރަށު ކައުންސިލް އިދާރާއިން ވިދާޅުވިއެވެ.
ފަރެސްމާތޮޑާއަކީ މީގެ ކުރިން އެއްފަޅެއްގެ ތެރޭގައި ދެ ރަށެއްގެ ގޮތުގައި އޮތް ދެރަށެކެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އެ ދެރަށް އެއްފަސް ކުރެއްވުމަށްފަހު އިދާރީ ގޮތުންވެސް ވަނީ އެއްރަށަކަށް ހައްދަވައިފައެވެ.