ގދ. ފަރެސްމާތޮޑާ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަޅައިދޫގައި އަމިއްލަ ތަކެތީގައި ރެސްޓޯރެންޓެއް އަޅައި ހިންގާނޭ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރު 22 ވަނަ ދުވަހު 11:00 އަށް އެރަށު ކައުންސިލްއިދާރާއަށް ވަޑައިގެންނެވުމުން ކަމާބެހޭ މައުލޫމާތު ލިބޭނޭ ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.
އެމައުލޫމާތު ސާފުކުރުމަށްފަހު ނޮވެމްބަރު 28 ވަނަދުވަހު ކައުސިލް އިދާރާގައި އޮންނަ ބައްދަލުވުމަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
ކަޅައިދުއަކީ ފަރެސް އަވަށާއި މާތޮޑާ އަވަށާ ދެމެދު މާތޮޑާ އަވަށް ކައިރީގައި އޮންނަ ކުޑަ ފަޅުރަށެކެވެ.