މިސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ތިމަރަފުށީދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިމްރާންގެ ހޯމް މިނިސްޓަރު ކަމުގެ ދަށުން ބަންގާޅު މާފިޔާ ޑުރަގްޑީލަރުނާއި ބޮޑެތި މުޖުރިމުން ފިލަންއަންނަ ސުވަރުގެއަކަށް ރާއްޖެ މިހާރުވަނީ ވެފައި ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ ތާރީޚުގައިވެސް ނުފެންނަ ދަރަޖައަކަށް މާލޭގައި ހަށިިވިއްކާ ތަންތަން ވަނީ އާންމުވެފައި ކަމަށް މުސްތަފާ ވިދާޅުވެފައިވެއެވެ. "މިސަރުކާރުގައި އިމްރާންގެ ހޯމް މިނިސްޓަރު ކަމުގެ ދަށުން ރާއްޖޭގެ ތާރީހުގައިވެސް ނުފެންނަ ދަރަޖައަކަށް މާލޭގައި ހަށިިވިއްކާތަންތަން ވަނީ އާންމުވެފައެވެ. ޢަދި ބަންގާޅު މާފިޔާ ޑުރަގްޑީލަރުނާއި ބޮޑެތި މުޖުރިމުން ފިލަންއަންނަ ސުވަރުގެއަކަށް ވާނީ ރާއްޖެވެފައެވެ."
އިމްރާން މިގޮތަށް ޓުވީޓު ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ހަށިވިއްކާތަންތަން ފުޅާވެ އާންމުވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވުމުންނެވެ. މިނިސްޓަރ އިމްރާން ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ހަށިވިއްކުމުގެ 58 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރެއިން ބެލިފައިވަނީ 32 މައްސަލަ ކަމަށް ވެސް ވިދާޅުވިއެވެ. އެފަދަ މައްސަލަތަކުގައި 140 މީހުން ވަނީ ފާއިތުވި މުއްދަތުގައި ހައްޔަރުކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ދޭސީންނާއި ބިދޭސީން ވެެސް ހިމެނެއެވެ. އެފަދަ މައްސަލަތަކާ ގުޅިގެން 84 ބިދޭސީއަކު ވަނީ ޑީޕޯޓް ކޮށްފައި ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ފާއިތުވި 4 އަހަރު ފުލުހުންވަނީ ހަށިވިއްކާތަންތަނަށް ޚާއްސަކޮށްގެން 58 އޮޕަރޭޝަނެއް ހިންގާފައެވެ.