ހުޅުމާލޭގައި އޮތް ކާރެއްގައިި އަލިފާން ރޯވެއްޖެއެވެ. ރެއިންބޯ އެލުމެނިއަމް ކުރިމަތީގައި އޮތް މި ކާރުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން ވަނީ ނިއްވާލައިފައެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 08:56 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިިއެވެ. ކާރުގައި ރޯވެފައި ހުރި އަލިފާން ނިއްވާލުމަށް މަސައްކަތް ފަށައި، ރޯވި އަލިފާން ފަޔަރމަނުންނަށް ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 09:11 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ކާރުގަައި ރޯވާންދިމާވި ސަބަބެއް ވެސް އެނގިފައެއްނުވެއެވެ.

ފޮޓީތަކުން ފެންނަ ގޮތުގައި އަލިފާންް ރޯވުމުގެ ސަބަބުން ކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުން ވެފައެވެ.