މާލެއާއި ހުޅުމާލޭގައި ގާއިމްކޮށްފަައިވާ ސްކޫލްތަކުގެ އަލިފާން ނިވާ ނިޒާމް ޗެކް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމްއެންޑީއެފުން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތް ފަށައިފައިވަނީ މިހިނގާ ނޮވެންބަރު 17 ވަނަ ދުވަހު އެވެ. މި ހަރަކާތުގައި ރޭ ޗެކްކޮށްފައިވަނީ އިސްކަންދަރު ސްކޫލުގައި ޤާއިމްކޮށްފައިވާ އަލިފާންނިވާ ނިޒާމްތަކެވެ.

މި ހަރަކާތް ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މާލެއާއި ހުޅުމާލޭގެ 22 ސްކޫލެއްގެ އަލިފާންނިވާ ނިޒާމުގެ ހާލަތު މިހަރަކާތުގެ ދަށުން ޗެކުކުރާނެއެވެ.

ސްކޫލުތަކުގައި ގާއިމްކޮށްފައި ހުރި އަލިފާންނިވާ ނިޒާމްތައް ހުރީ ރަނގަޅު ހާލަތެއްގައިތޯ މި ހަރަކާތުގެ ދަށުން ބަލައި ޗެކްކުރެވޭނެއެވެ