ކ. މާފުށި ސްކޫލުގެ ބެލެނިވެރިންނަށް ބެލެނިވެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ އެރަށު ފުލުހުންނާއި ރަށު ސްކޫލާއި ގުޅިގެން ގެންދިޔަ ހަރަކާތެކެވެ.

އެ ސެޝަނުގައި:

  • ބެލެނިވެރިންނަކީ ކޮބައިކަން،
  • ބެލެނިވެރިންގެ ޒިންމާތައް،
  • ބެލެނިވެރިކަމުގެ ހުނަރުތައް
  • އެކަންކަމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ބެލެނިވެރިންނަކީ ކޮބައިކަމާއި، އަދާކުރައްވަންޖެހޭ ޒިންމާތަކާއި އަދި އެންމެންގެ ވިސްނުން ބައްޓަންކުރާނެ ގޮތުގެ މަޢުލޫމާތު ވެސް ދީފައިވެއެވެ. ހަމަ އެއާކު، ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުވާންވީ ކަންތައްތަކާއި، ރިވެތި ސިފަތަކާއި އެކު ދަރިންނަށް ނަމޫނާ ބަޔަކަށްވާން މަސައްކަތްކުރާނެ ގޮތުގެ މަޢުލޫމާތުވެސް ވަނީ ހިއްސާކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ސެޝަންގައި މާފުށި ސްކޫލްގެ 73 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.