މޯލްޑިވިއަންގެ ޕައިލެޓުންނަށާއި ކެބިން ކްރޫންނަށް، އިންފްލައިޓް ފަޔަރ ފައިޓިންގ ކުލާހެއް ނަގައިދީފިއެވެ. މި ކުލާސް ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންނެވެ.

އެމްއެންޑީއެފުން ވިދާވީ މިކުލާސް ނަގައިދީފައިވަނީ ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ކަމަށެވެ. ކުލާސް ނަގައިދީފައިވަނީ ނޮވެންބަރު 20 ވަނަ ދުވަހު އެވެ. މި ކުލާހުގައި މޯލްޑިވިއަންގެ ތިން ޕައިލެޓުންނާއި އަށް ކެބިން ކްރޫން ވަނީ ބައިވެރިވެފައެވެ.

މި ކުލާހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ބޭސިކް ފަޔަރ ކެމިސްޓްރީ، ފުލައިޓުތަކުގައި އަލިފާން ނިއްވުމަށް ބޭނުންކުރެވޭ އިކުއިޕްމެންޓުތައް، އޮޕަރޭޝަނަލް ސްޓެންޑަރޑްސް ފޮރ އެން އިންފްލައިޓް ފަޔަރ، އޮޕަރޭޝަނަލް އެންޑް ހިއުމަން ފެކްޓަރސް އިންވޮލްވްޑް އިން އިންފްލައިޓް ފަޔަރ މެނޭޖްމަންޓް، އަދި ޕްރިވެންޝަން ސްޓްރެޓަޖީސް ހިމެނޭ ކަމަށް އެންއެންޑީއެފުން ވިދާޅުވިއެވެ.

މި ކުލާހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރމަނުންނެވެ.