ކުޑަކުދިންގެ ރީނދޫ ހުރި މިންވަރު ބަލަން ހަދާ ބިލިރިއުބިން ރިޕޯޓް ލިބުނުހާ އަވަހަކަށް ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ކުޑަކުދިންގެ ބަކިތަކާބެހޭ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ފައިސަލް ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރިޕޯޓު ލިބުމަށްފަހު ވަކި ހޮސްޕިޓަލެއް ނުވަތަ ސިއްހީމަރުކަޒެއްގެ ވަކި ޑޮކްޓަރަކަށް ދައްކަން މަޑުކޮށްގެން ނުވާނޭ ކަމަށެވެ. ބިލިރިއުބިން މަތިނަމަ އެއީ އަވަހަށް ފޮޓޯލައިޓު ދިއްލަން ޖެހޭކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އެހެންނޫނީ ބިލިރިއުބިން މަތިވެގެން ލޭ ބަދަލު ކުރަންވެސް ޖެހިދާނޭ ކަމަށް ވިދާޅުވެފައިވެއެވެ.

ޑރ. ފައިސަލަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިފަދަކަންކަމަށް މީހުން ހޭލުންތެރި ކުރެއްވުމުގެ މަސައްކަތް ކުރައްވާ މަޝްހޫރު ޑޮކްޓަރެކެވެ.