އދގައި އޮން އެންމެ ދިގުލާފައިވާ މައްސަލައަކީ ކަޝްމީރުގެ މައްސަލަ ކަމަށް ބުނެ ވާހަކަ ދެއްކުމުން ޕާކިސްތާނުން ޓެރަރިޒަމްގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށް އިންޑިއާއިން ގޮވާލައިފިއެވެ.

އދއަށް 75 އަހަރު ފުރުން ފާހަގަކޮށް ދެއްވި ވީޑިއޯ ޚިތާބުގައި ޕާކިސްތާންގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ޤުރެއިޝީ އދގެ ކާމިޔާބީތައް ފާހަގަ ކުރައްވާފައެވެ. ނަމަވެސް އދގެ މި މަސައްކަތުގައި އުނިކަންތައްތަކެއް ހުރިކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އދ ކާމިޔާބު ވާނީ މެންބަރުންގެ މަސައްކަތުންނެވެ. ނަމަވެސް ކަޝްމީރާއި ފަލަސްތީން މައްސަލައަކީ އދގައި ހިމެނޭ އެންމެ ދިގުލާފައިވާ މައްސަލަތައް ކަމުގައެވެ. އދން މިމީހުންނަށް ވެފައިވާ ވައުދު ފުރިހަމަކޮށް މި މީހުންނަށް ޒާތީ މިނިވަންކަން ލބޭ ގޮތް ހަދައިދޭން ޖެހޭނެ ކަމުގައެވެ.

ޤުރެއިޝީ އިތުރަށް ވިދާޅުވީ، އދގައި ހުސް އަނގަތަޅާ ތަނެއްގެ ގޮތުގައި ބެލެވޭ ތަނެއް ކަމަށާއި އދގެ ނިންމުންތައް ގައުމުތަކުން ބޮލާލައި ޖަހާ ކަމަށާއި ސަލާމަތީ މަޖިލީހުގައިވެސް ބައިނަލްއަގްވާމީ ގުޅުން އޮތީ އޭގެ އއންމެ ދަށްފެންވަރުގައި ކަމަށެވެ.

އިންޑިއާގެ ވަފްދުން މިއަށް ރައްދު ދެއްވަމުން އިންޑިއާގެ ފަސްޓް ސެކެޓްރީ ވިދާޅުވީ މިއީ އާދަވެގެން މިފަދަ މުނާސަބާތަކުގައި ޕާކިސްތާނުން ދައްކާފަދަ ތާކުންތާކު ނުޖެހޭފަދަ ވާހަކަ އެއް ކަމަށެވެ.

އަދި ޕާކިސްތާނުން ކަޝްމީރަށް އިޝާރާތް ކުރުމުން އިންޑިއާއިން ބުނެފައިވަނީ ޕާކިސްތާނުން އިންޑިއާގެ ދާޚިލީ މައްސަލައިގެ ތެރެއަށް ވަންނަނީ ކަމުގައެވެ. އަދި ޕާކިސްތާންގެ މިވާހަކަތަކަކީ، ދުވަހަކުވެސް ނިމުމެއް ނެތް ހަދައިގެން ދައްކާ ވާހަކަތަކެއް ކަމުގައިވެސް ރައްދުގައި ވިދާޅުވިއެވެ.

ޕާކިސްތާނަކީ، ދުނިޔޭގެ ޓެރަރިޒަމްގެ ނާރެސްކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ، ޕަކިސްތާނަކީ އަމިއްލަ އިއްތިރާފުން ޓެރަރިސްޓުންނަށް ހިމާޔަތް ދޭ އަދި އެމީހުންނަށް ތަމްރީން ދޭ ގައުމެކެވެ. އަދި އެފަދަ މީހުންނަކީ ޝަހީދުންކަމަށް ސިފަ ކޮށް، ޕާކިސްތާންގެ ބައިމަދު ދަރިކޮޅުތަކާއި ދީންތަކުގެ މީހުންނަށް ގަނާ ކުރާ ގައުމެއްކަމުގައެވެ.