މަސްވެރިކަމަށް ނުކުމެ އުޅުނު "އަސްމީނު" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ފަޅުވެރިއެއްގެ ހާލު ކުއްލިއަަކަށް ގޯސްވުމުގެ ސަަބަބުން ފަރުވާ ދިނުމަށްޓަކައި މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އުމުރުން 38 އަހަރުގެ އެ ފަޅުވެރިޔާގެ ހޮސްޕިޓަކަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފުންނެވެ.

ފަޅުވެރިޔާގެ ހާލު ދެރަވީ މުލީގެ 11 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށްނެވެ. އެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންއަށް ލިބުނީ މިރޭ 19:25 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ސީ އެމްބިއުލާންސް، އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ހާލު ދެރަވި މީހާ މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ 20:27 އެހައިކަންހާއިރު އެވެ.