ދަބަހުގައި ގޮވާ އެއްޗެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުުހުން ބުނެފިއެވެ. މި މައްސަލާގައި އެމީހާ ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ހުޅުމާލެއިންނެވެ. އުމަރުން 38 އަހަރުގެ އެމީހާއަކީ ދިވެެއްސެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެމީހާ ހައްޔަރު ކުރީ ހުޅުމާލޭ ބީޗް ކްލަބުގައި ހުރެ އެނާގެ އަތުގައި އޮތް ދަަބަހެއްގައި ގޮވާ ޒާތުގެ އެއްޗެއް އޮތް ކަމަށް ބުނުމުންނެވެ. މި މައްސަލަ ފުލުހަށް ރިޕޯޓު ކުރީ އާންމުންގެ މީހެކެވެ. އެ މިހާ ހައްޔަރު ކުރުމަށްފަހު ބަލަންޖެެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން މިމަހު 11 ވަނަ ދުވަހުން ފެށިގެން އައްޑޫއާއި މާލެއާއި ކ. ގުރައިދޫގައި ހިިންގި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއްައި ވެސް ވަނީ 14 މީހަކު ހައްޔަރުުކޮށްފައެވެ؛ އެ އެންމެންނަކީ ވެސް އައްޑޫ މީހުންނެެވެ. އެ އޮފަރޭޝަނުގައި ބަލައި ފާސްކުރަމުންދަނިކޮށް ވަނީ އެކެއްގެ ގެެއިން ގޮވާޒާތުގެ އެއްޗެހި ފެނިފައެވެ. އެއީ ބާރުގަދަ ގޮވުންތަކަށް ބޭޭނުންކުރެވިދާނޭ ނުރައްކާތެރި އެއްޗެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ. މި އެންމެން ވެސް ވަނި ބަންދުގައެވެ.