މަސްވެރިކަމަށް ނުކުމެ އުޅުނު "އަސްމީނު" ދޯނީގެ ފަޅުވެރިޔާގެ ހާލު ދެރަވީ ފިޓް ޖެހިގެން ކަމަށްް އޭނާއަށް ފަރުވާދިން މުލީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ހަލި ނިއުސްއަށް މައުލޫމާތު ދެއްވަމުން މުލީ ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ނާފިޒު ވިދާޅުވީ، އެ ފަޅުވެރިޔާ ފިޓު ޖެހިފައިވަނީ ދޯނިގައި އިންދާކަމަށެވެ. އަދި ފިޓުޖެހިގެން އެނާ މޫދަށް ވެއްޓުނުކަމަށާއި މޫދަށް ވެއްޓުނުގަޑީގައި އެނާގެ އަރިކަށި ވަނީ ދޯނީގައި ޖެހިފާވާ ކަމަށްވެސް މައުލޫމާތު ދެއްވިއެވެ. އަދިހަމަ އެއާ އެކު ހޮސްޕިޓަލް އަށް ގެނައުމާއު އޭނަ އެޑްމިޓް ކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

އޭނައަކީ ކުރިންވެސް ފިޓްޖެހޭ މީހެއްކަމަށް މުލީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވިއެވެ. އޭނާގެ ހާލު ރަނގަޅުވުމުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ފަޅުވެރިޔާއަށް ފިޓް ޖެހުނީ މުލީގެ 11 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށްނެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ސީ އެމްބިއުލާންސް، އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ފަޅުވެރިޔާގެ ހޮސްޕިޓަކަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ރޭގެ 20:27 ގައެވެ،