ޅ އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް ގެ ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ކުރިޔަށް ދާ ”އަހުލުވެރި ކަމުގެ ދަތުރު“ ގެ މުއްދަތު އިތުރުކޮށްފި ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެއްވެސް އަގެއް ނުނަގައި ހިލޭ ކޮށްދޭ މިދަތުުރު ތަކުގެ މުއްދަތު އިތުރުކުރީ ކިހާވަަރަކަށް ކަމެއް ނޭނގެއެވެ.

އަހުލުވެރި ކުރުމުގެެ ދަތުރުތައް ފަށައިފައިވަނީ ނޮވެމްބަރ 21 ވަނަ ދުވަހުއެވެ. ދަތުރުތައް ނިންމަން ކުރިން ހަމަޖެހިފައި އޮތީ ނޮވެމްބަރ 27 ގައެވެ. ދަތުރުތަކުން އަގުނަގައިގެން ރަސްމީކޮށް ފެށުމަށް ކުރިން ހަމަޖެހިފައިއޮތީ ނޮވެމްބަރ 28 ގައެވެ.

ދަތުރުތައް ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، ޚިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމެވެ. އޭގެ އިތުރުން ދަތުރުތަކާބެހޭ ގޮތުން ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުމެވެ.