ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށަފިއެވެ. އެމްޓީސީސީއިން ބުނީ މި ވަގުތު ކުރިއަށްދަނީ މިހާރު އޮތް ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތްކަމަށެވެ. އަދި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައިކަމަށްވެސް އެކުންފުނީން ބުނެފައިވެއެވެ. .

މި މަޝްރޫޢުގެ ދަށުން:

  • 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 320 މީޓަރުގެ ސްކޯރިންގ އޭޕްރަންއެއް ހެދުން
  • ބްރިޖެއް ހެދުން
  • 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
  • ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

26 ނޮވެމްބަރ 2022 ވަނަ ދުވަހު ސަރުކާރުން ފެށި، މި މަޝްރޫޢަކީ 42.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.