ތ. އަތޮޅު ވިލިފުށީ ފަޅުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ދޯންޏަށް އެހީވާން އެތަނުގެ ފަޔަރމަނުންގެ ޓީމެއް ދަނީ ދޯންޏާ ދިމާއަށް ދަތުރު ކުރަމުން ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ލިބޭނީ އެ ޓީމަށް ދޯންޏާ ހަމައަށް ދެވުމުން ކަމަށް ވެސް އެމްއެންޑީއެފުުން ވިދާޅުވިއެވެ.
މި ހާދިސާ ހިންގަން މެދުވެރިވި ސަަބަަބެއް ވެސް އަދި އެނގިފައެއް ނުވެއެވެ. އަލިފާން ރޯވިއިރު އޭގައި މީހުން ތިބިކަމެއް ނުވަތަ ނޫންކަމެއް ވެސް އެނގިފައެއް ނުވެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮސެމުންދިޔަ ވަގުތުކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި އެއް ދޯންޏަަށްވުރެ ގިނަ ދޯނީގައި އަލިފާން ރޯވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ރޯވީ އެއްދޯނީގައި ކަމަށެވެ.