ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ރިވިއު ކުރުމަށް ބާއްވަމުންދާ ޖޮއިންޓް ޕްރޮޖެކްޓް މޮނީޓަރިންގް ކޮމިޓީގެ ފަސް ވަނަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުން ބާއްވާފައިވަނީ އިއްޔެ ކަމަށެވެ. މި ބައްދަލުވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ބައިވެރިންވަނީ ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތް ކުރައްވައިފައެވެ. މި ޒިޔާރަޔުގައި އެ ޓީމުން ވަނީ މާލޭގައި މިހާރު ނިމިފައިވާ ލޭންޑް ޕައިލިންގެ މަސައްކަތާއި ފުރަތަމަ މެރީން ޓެސްޓް ޕައިލްގެ އިތުރުން ސައިޓުގައި ހިނގަމުންދާ އެހެނިހެން މަސައްކަތްތައް ވެސް އެ ޓީމުން ވަނީ ބައްލަވާފައި ކަަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖްގެ ޓެސްޓު ތަނބު މިހާރުވަނީ އަޅާފައެވެ. ޓެސްޓް ތަނބު ކާމިޔާބު ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިއީ

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް އަަޅާ ބްރިޖެކެވެ. މި މަސައްކަތަށް ބޭނުންވާ ކޮންކުރީޓް ސަޕްލައިކޮށްދެނީ އެސްޓީއޯއިންނެވެ.