ކަރުދާހުގައި އަރަބި ބަހަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ބަހެވެ. 400 މިލިއަނަށް ވުރެ ގިނަ މީހުން އެބަހުން ވާހަކަ ދައްކައެވެ. އެކަމަކު ޢަރަބި ގައުމުތަކުގައި މީހުން ވާހަކަ ދައްކަނީ ގިނަ އެތައް ބަހުރުވައަކުންނެވެ.

އަރަބި ގައުމުތަކުގައި އިނގިރޭސި ބަސް ފެތުރެމުންދާ ވަރަކަށް، ޢަރަބި ބަހުން ތަޢުލީމު ހޯދާ މީހުން މަދުވެއެވެ. އަދި އަރަބި ބަހުގެ މަގުބޫލުކަން ގެއްލިގެންދެއެވެ. މިހާރަކަށް އައިސް ޕްރައިމަރީ ސްކޫލްގެ ގިނަ ކުދިން ވާހަކަ ދައްކަނީ އިނގިރޭސި ބަހާއި އަރަބި ބަސް މައްސުނިކޮށްގެންނެވެ.

"ގަރުނެއްގެ ތެރޭގައި (އަރަބި ބަސް) އެއީ މަރުވެފައިވާ ބަހަކަށް ވެދާނެ،" އަރަބި ބަހުގެ މާހިރެއް ކަމަށްވާ އިނގިރޭސިވިލާތުގެ ކުރީގެ ޑިޕްލޮމެޓަކު އަސަރާއެކު އިނގިރޭސި ދަ އިކޮނޮމިސްޓަށް ވިދާޅުވިއެވެ.

ގުޅުން ހުރި މަޟޫއު

އިންގްލެންޑާއި ވޭލްސްގައި ނަޞާރާއިން މަދުވެ އަޣުލަބިއްޔަތު ގެއްލިއްޖެކަމަށް ބޯހިމެނުމުން ދައްކައިފި

އަރަބި ބަސް ހީނަރުވެގެން ދިއުމަކީ ފަހުގެ ތާރީޚުގައި ފެންނާން އޮތް ކަމެކެވެ. އަރަބި ގައުމުތަކުގައި ދާޚިލީ ހަނގުރާމަތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ތައުލީމުން ވަކިވާން މަޖުބޫރުވެފައިވެ އެވެ. އެއް ޒަމާނެއްގައި އަރަބި ގައުމިއްޔަތާއި އަރަބި ބަހުގެ ސަގާފަތުގެ ކިއްލާތަކެއް ކަމަށްވާ ބަޣްދާދާއި ދިމިޝްގުގައި ވަނީ ހަމަނުޖެހުމާއި ހަލަބޮލިކަން ފެތުރިފައެވެ.

ދިމިޝްޤަކީ އަރަބި ބަހުން މެޑިސިން ކިޔަވައިދިން ހަމައެކަނި އަރަބި ގައުމެވެ.

"ބަހާއި މަސް މޮށުންތެރިކަމުން ދައްކުވައިދެނީ ތިމާއަކީ ކިހާ ބާރުގަދަ މީހެއްކަން،" އިމާރާތުގެ ބަހަވީ އިލްމުވެރިއެއް ކަމަށްވާ އިބްތިސާމް އަލް ޤަތުބީ ވިދާޅުވި އެވެ.

"ޗައިނީޒް، ޖަޕާނު އަދި ކޮރެއާ މީހުން ވެސް ވަނީ އެމީހުންގެ ބަސްތައް ހިފަހައްޓާފައި. އަހަރަމެން އަރަބިންނަށް އެހެނެއް ނުވޭ. އަހަރެމެންގެ ގައުމުތަކުގާ މީހުންނަށް ގިނަ ފަހަރަށް ރަނގަޅު އަރަބި ބަހެއްވެސް ނޭނގޭ" ބަހްރެއިން މީހަކު ހިތް ދަތިގޮތަކަށް ކިޔައި ދިނެވެ.

އަރަބި ބަހަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ އިނގިރޭސި ބަހެވެ. 2017 ވަނަ އަހަރު ދުބާއީގައި ނަގާފައިވާ ޚިޔާލު ހޯދުމެއްގައި ކުރި އަރަބި ޒުވާނުންގެ ސާވޭއިން ދައްކާ ގޮތުގައި ގަލްފްގެ އަރަބިން މިހާރުވެސް ޢަރަބި ބަހަށްވުރެ ގިނައިން ބޭނުން ކުރަނީ އިނގިރޭސި ބަހެވެ.

ސައުދީ އަރަބިއްޔާ ވެފައިވަނީ ގަލްފް ސަރަހައްދުގައި އެންމެ ފަހުން ސްކޫލް ކުދިންނަށް އިނގިރޭސި ބަސް ދަސްކޮށްދޭން ނިންމި ގައުމެވެ. އެންމެ ދަށުގެ ކިލާހުން ފެށިގެން މަތީ ގްރޭޑްތަކަށްވެސް އިނގިރޭސި މަޖުބޫރެވެ. ގަލްފުގެ އަރަބި ރައްޔިތުންގެ ބޮޑު މައިނޯރިޓީއެއް ދަނީ ޕްރައިވެޓް ސްކޫލުތަކުގައި ކިޔަވަމުންނެވެ. އެތަންތާގައި ކިޔަވައި ދެނީ އިނގިރޭސި ބަހުންނެވެ.

އުސްތާޒާ އަލް ޤަތުބީ ވިދާޅުވާ ގޮތުގައި އިނގިރޭސި ބަސް ފެތުރުން “އެއްވެސް މީހަކަށް ހުއްޓުވޭނެ” އެވެ. ވޯލްޑް ބޭންކުގެ ދިރާސާއަކުން މިދިޔަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި ސްކޫލުގެ ހަތަރު ވަނަ ގްރޭޑްގައިވެސް ގިނަ އަރަބި ކުދިންނަށް ޢަރަބި ބަހުން އެއްކޮށް ޖުމްލައެއް ލިޔަން އުނދަގޫވާނެއެވެ.

ޢަރަބި ބަސް ބައިބައިވެގެން ދިއުމަކީ ޢަރަބިންގެ ބައިބައި ވުމުގެ ސިފައެކެވ. ތަފާތު ބަސްކޮށާރާއި އަދި ބަހުރުވަތަކުގެ ޖަމާއަތެއް ވަނީ ޕާލަމެންޓްތަކާއި ޓީވީ ޝޯތަކާއި ޕަބްލިޝިން ހައުސްތައް ފަދަ ރަސްމީ (ފުސްޙާ) އަރަބި ބަހުގެ ޒަމާންވީ ބާރުގަދަ މަރުކަޒުތަކަށް ވަދެފައި ވިއްދާލާފައެވެ.

އަދި ސާފު އަރަބި ބަސް ކަމަށްވާ (ފުސްޙާ) އަރަބި ދައުރުވުން ހުއްޓުވުމަށްޓަކައި ފޮތްޗާޕް ކޮށް ނެރޭ ޕަބްލިޝަރުން ދަނީ އެކި އަރަބި ބަހުރުވައިން އިތުރު ފޮތްތައް ޗާޕް ކުރަމުންނެވެ.

2019 ވަނަ އަހަރު މިސްރުގެ ނާދިޔާ ކަމަލް ވަނީ މިސްރުގެ ބަހުރުވައިން ލިޔެފައިވާ ވާހަކައަކަށް މިސްރުގައިދޭ އެންމެ މަތީ އަދަބީ އިނާމު ހޯދާފައެވެ. މިއީ ފުސްހާއަށް އެންމެ ބޮޑަށް ބާރުއެޅި އެއް ގައުމުގެ މިހާރުގެ ހާލަތެވެ.

ޓެލެވިޜަން ނިއުސް ޗެނަލްތަކުން އަދިވެސް ސްޓޭންޑަރޑް އަރަބި ބަސް (ފުސްހާ) އިން ބްރޯޑްކާސްޓް ކުރާތީ ގިނަ އަރަބިން އިސްކަންދެނީ ސޯޝަލް މީޑިއާ އިން ޚަބަރުތައް ހޯދާށެވެ. ގިނަ ފަހަރަށް ލެޓިން އަކުރުތަކުން ލިޔެފައިވާ ބަހުރުވަތަކުންނެވެ.

ޑިޒްނީ ކުންފުނިން މިހާރު ފިލްމުތައް ޑަބް ކުރަނީ މިސްރުގެ ބަހުރުވައިންނެވެ.

އަރަބި ބަހުގެ ޗެމްޕިއަނުން ދަނީ ފަހަތަށް ޖެހެން މަސައްކަތް ކުރަމުންނެވެ. ޢަރަބި ބަހަކީ، ހަމަގައިމުވެސް، ޤުރުއާނުގެ ބަހުގެ ގޮތުގައި ދެމިއޮންނާނެ ބަހެކެވެ.

"އަޅުގަނޑުމެންނަށް ހީވަނީ ލެޓިން ބަހަށް ވުރެ އަރަބި ބަހަކީ މީޑިއާތަކާއި ދަރުސްތަކާއި ތަގުރީރުތަކުގައި ދިރިހުރި ބަހެއް" ބަސް ދިރުވުމަށް މަސައްކަތްކުރާ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ދަ ލިވިން އަރަބިކް ޕްރޮޖެކްޓްގެ ބާނީ ހުސާމް އަބޫޒަރު ވިދާޅުވެއެވެ.

"ލެޓިން ބަހުން ވާހަކަ ދައްކާ މީހުން ނެތް ނަމަވެސް ޤަރުނުތަކެއް ވަންދެން ފައްޅިތަކުގައި ލެޓިން ބަސް ދިރިހުރި" އަބޫޒަރު ވިދާޅުވެއެވެ.