ދިވެހި އުފެއްދުމެއްކަމަށް ވާ ޕާޕަލްލޭން އެޕް - ލޯޔަލްޓީ ރިވޯރޑް ޕްލެޓްފޯމާއި ޕަރޓްނަރވެ އެ ޕްލެޓްފޯމް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑާއި އެ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ޕާޕަލް ލޭން އެޕް މެދުވެރިކޮށް އެފައިދާތައް ހޯދުމުގެ ފުރުސަތު އިތުރަށް އުރީދޫ މޯލްޑިވްސް އިން ފަހިކޮށްދީފިއެވެ.
ސީހައުސް މޯލްޑިވްސްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ޕާޕަލްލޭން އެޕްގެ ކޯ ފައުންޑާ އެވެ. މި ޕާޓްނާޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ކްލަބް ޕްރިމިއާ ޑިޖިޓަލް ކާޑު އަދި ކްލަބް ޕްރިމިއަރ ޕާޓްނަރުންނާއި އެ ފަރާތްތަކުން ލިބޭ ހާއްސަ ޑިސްކައުންޓްތަކާއި އޮފަރތައް ޕާޕަލްލޭން އެޕުން ބަލައިލެވޭނެ އެވެ.
"އުރީދޫ ޕްލެޓްފޯމްތަކުގެ އިތުރުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަގްސަދުގައި ޕާޕަލް ލޭނާއެކު މިވެވުނު ޕަރޓްނަރޝިޕަކީ މި ޙިދުމަތް އިތުރަށް ފުޅާވެގެންދާނެކަމެއް. ޕާޕަލް ލޭން އަކީ ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތަކުން ވިޔަފާރި ކޮށްލުމުން ކަސްޓަމަރުންނަށް ރިވާޑް ދޭ ފުރަތަމަ ދިވެހި ޕްލެޓފޯމް ކަމަށް ވުމުން އަޅުގަނޑުމެން އުއްމީދަކީ މި ޕްލެޓފޯމްވެސ އިތުރަށް ކުރިއަރާ ފުޅާވެގެން ދިޔުން. މި ޕަރޓްނަޝިޕާއެކު ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ލިބިގެންދާ ހާއްސަ އޮފާތަކާއި އިނާޔަތްތައް އިތުރުކޮށް ޕާޓްނަރުންގެ ޕޯޓްފޯލިއޯ ފުޅާކުރުމަށް ޕާޕަލް ލޭން އާއި އެކު މަސައްކަތްކުރެވިގެންދާނެ." ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް.
އުރީދޫ މޯލްޑިވްސްއާ އެކު މި ވެވުނު ޕަރޓްނަރޝިޕާއެކު އިތުރު ފުރުޞަތުތަށް އަޅުގަނޑުމެންނަށް ހުޅުވިގެންދާނެ. އުރީދޫ ކްލަބް ޕްރިމިއަރ މެންބަރުންނަށް މިހާރު އަޅުގަނޑުމެންގެ ޕާޓްނަރުންގެ ވިޔަފާރިތަކުން ހާއްސަ އޮފަރތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޕާޓްނަރުންނަށް އަދި ކަސްޓަމަރުންނަށްވެސް އަޅުގަނޑުމެންގެ ލޯޔަލްޓީ ޕްލެޓްފޯމް ބޭނުންކޮށްގެން މުޢާމަލާތުކޮށް، އެ ދެފަރާތައްވެސް ފެންވަރު ރަނގަޅު ހިދުމަތެއް ފަހިވެގެންދޭ. ވޯކް-އިން ކަސްޓަމަރުން ރެގުލަރ ކަސްޓަމަރުންނަށް ބަދަލުކުރުމުން ފެށިގެން، އަޅުގަނޑުމެންގެ ފަސޭހަ ރިވާޑްސް ޕްލެޓްފޯމް މެދުވެރިކޮށް، ވިޔަފާރިތަކަށް އެބޭފުޅުންގެ އަމިއްލަ ލޯޔަލްޓީ ކާޑު ޕާޕަލް ލޭން ޕްލެޓްފޯމް މެދުވެރިކޮށް ދައްކާލެވޭނެ." ޕާޕަލްލޭން އެޕްގެ ކޯ ފައުންޑަރ އުމަރު ފިކްރީ.
ޕާޕަލްލޭން އެޕްލިކޭޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިއަށް ރިވާޑްސް އަދި ވިޔަފާރިތަކުގެ ލޯޔަލްޓީ ޕްރޮގްރާމާ ކާޑުތައް ފަސޭހަކަމާއެކު އެއްތަނަކުން ދައްކުވައިދޭ ޕްލެޓްފޯމެކެވެ. ޕާޕަލްލޭން މެދުވެރިކޮށް ވިޔަފާރިތަކަށް ޑިޖިޓަލްކޮށް ގިފްޓް ކާޑު ދޫކުރުމާއި، ކަސްޓަމަރުންގެ މެދުގައި ޕޮއިންޓް ޓްރާންސްފާ ކުރުމާއި، ކޫޕަން ދިނުމުގެ އިތުރުން އެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހާއްސަ އޮފަރތައް އިޝްތިހާރު ކުރުމުގެ ވަސީލަތްތައް ފޯރުކޮށްދެ އެވެ. ޕާޓްނަރ ވިޔަފާރިތަކުން ކަސްޓަމައިޒްޑް ރިވޯރޑްސް ޕްރޮގްރާމް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭއިރު، ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް މިހާރު ހިންގަމުން އަންނަ ޕްރޮގްރާމްތައް ވަގުތުން އެޕަށް އިންޓަގްރޭޓް ކުރެވޭނެއެވެ. ވިޔަފާރިތަކުން ތައާރަފް ކުރާ މިފަދަ ޕްރޮގްރާމްތަކުގެ ޝަރުތުތަކަށް ބެލުމަށްފަހު ޕޮއިންޓްތައް ކަސްޓަމަރުންނަށް ރިޑީމް ކުރެވޭނެ އެވެ.
ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނަރވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ. ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20% އާއި ހަމައަށް ޑިސްކައުންޓް ލިބެއެވެ. މީގެ އިތުރުން ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަކޮށްފައިވާ ކްލަބް ޕްރިމިއަރ ލައުންޖުން ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ލިބިވަޑައިގަންނަވާނެއެވެ.