އަޖުފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކަޑަމީ (އައިބާ) އިން ބޭއްވި އައިބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކާމިޔާބު ކަމާއެކު ނިންމާލައިފެއެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ. އިއްޔެ ބޭއްވި މި ރަސްމިއްޔާތު އޮތީ ކުޅިވަރު އެކުވެނީގައެވެ.
އައިބާގެ ރަޖިސްޓަރޑް ކުދިންނަށް ޚާއްސަކޮށްގެން ބޭއްވި މި މުބާރާތުގައި ޖުމްލަ 93 އެތުލީޓުން ވާދަކޮށްފައިވެއެވެ. މި މުބާރާތުގައި ފިރިހެން އަދި އަންހެން ސިންގަލްސް އަދި ޑަބަލްސްގެ މެޗުތަކުގެ އިރުން އުމުރުން 8 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ފިއެސްޓަރ ކެޓަގަރީއެއްވެސް ވަނީ ކުޅެފައެވެ. އަދި މި ވާދަވެރި މުބާރާތުގައި ގިނަ ކުޅުންތެރިންވަނީ އެކި ކަޓަގަަރީ ތަކުން ރަންވަންތައް ހާސިލް ކޮށްފައިވެއެވެ. ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވައިފައިވެއެވެ.
ސިންގަލްސް ރަން މެޑަލް ހޯދީ:
- ލައިބާ އަހުމަދު މަހްލޫފް
- އަހުމަދު އާކިލް މަސްއޫދު
- އަމްނާ އާމިރް
- މުހައްމަދު ނަބީހް ނަޒްމީ
- އައިޝަތު ރަނިއްޔާ
- އައިޝަތު ޔޫހާ
- އަހުމަދު ޒިޔާން
ޑަބަލްސް ރަން މެޑަލް ހޯދި ޕެއާތައް
- މުހައްމަދު ޔުއާން އަރަފާތު ސައީދު/ އަހުމަދު އާކިލް މަސްއޫދު
- ނޫރިން މިފްރާހް/ ލައިބާ އަހުމަދު މަހްލޫފް
- އައިޝަތު ނިޔަމް ސާއިދު/ އަމްނާ އާމިރް
- މުހައްމަދު ރިފްދާ އިބްރާހީމް ހިލްމީ/ މުހައްމަދު ޔަމާން އާމިރްއަލީ
- އިޒާން މުހައްމަދު/ އިސްމާއީލް އައިދިން
- އަލީއައިޝަތު ރާނިޔާ/ މަރިޔަމް އަލީނާ ހުސައިން
- އައިޝަތު ޔޫހާ/ ފާތިމަތު ޖަނާން އަހުމަދު
- އަހުމަދު ޒިޔާން/ އަރުހަމް
މި މުބާރާތަކީ އައިބާ އެކަޑެމީގެ ކުޅުންތެރިންގެ މެދުގައި ބެޑްމިންޓަނަށް އޮތް ލޯބި އިތުރުކޮށް، ކުޅުންތެރިންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަމެއް އުފައްދައި، ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެެވެ.