އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެހެން ފަރާތެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފަރ ކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާ ވަނީ އެއްލައްކަ އަށްޑިހަ ހާސް ރުފިޔާ އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައި ކަމަށެވެ. މި މައްސަލައާ ގުޅިގެން އަންހެނެއްގެ ފޮޓޯއެއްވެސް ވަނީ އާންމުކޮށްފައެވެ. ނަމަވެސް އެ ފޮޓޯއިން ކާކުކަން ދެނެގަނެވިފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގަށް އެ މީހާ ބޭނުންވާތީވެ، އޭނާއާއި ބޭހޭ މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގެންފައިވެއެވވެ.

މިހާރަކަށް އައިސް މަކަރާ ހީލަތުން މީހުންގެ އެކައުންޓުން ބޮޑެތި އަދަދުތަކުން ފައިސާ ވަގަށް ނެގުމުގެ ގިނަ މައްސަލަތައް ވަނީ އާންމުވެފައެވެ.