މިއަަހަރު ރާއްޖޭގައި ފާހަގަކުރާ މަސްވެރީންގެ ދުވަހުގައި ގދ. ފަރެސްމާތޮޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަރުމަސްވެރިކަން ކުރުމުގެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުގައި ފޯމު ހުށަހެޅުމުގެ މުއްދަތު އެރަށު ކައުންސިލުން އިތުރު ކޮށްދީފިއެވެ.

ފަރެސްމާތޮޑާ ކައުންސިލުން ބުނެފައިވަނީ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިހާރުވަނީ ފޯމުގެ ހުށަހެޅުމުގެ މުއްދަތު ޑިސެމްބަރ 6 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އިތުރު ކޮށްދެއްވާފައި ކަމަށެވެ.

އިނާމުތައް

  • އެއްވަނަ 8000 ރުފިޔާ
  • ދެވަަނަ 5000 ރުފިޔާ
  • ތިންވަނަ 3000 ރުފިޔާ

މި މިބާރާތުގައި ބައިވެރިވާން އެދޭ ފަރާތަކުން ޑިސެމްބަރ 6 ވަނަ ދުވަހުގެ 2:00 ގެ ކުރިން ބައިވެރިވާން އެދޭ ފޯމް އެރަށުގެ ކައުސިލް އިދާރާއަށް ހުށަހެޅުމަށް ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.