މަސްވެރިކަމަށް ނުކުމެ އުޅުނު "ޢާއިލާ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި ހުރި ފަޅުވެރިއެއްހެ ހާލު ދެރަވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އުމުރުން 42 އަހަރުގެ އެމީހާ މިހާރުވަނީ ފަރުވާ ދިނުމަށްޓަކައި ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

މި ކަން ދިމާވިއިރު އެ ދޯނި މަސްވެރިކަން ކުރަމުންދިޔައީ ކުޑަހުވަދޫގެ 12 ނޯޓިކަލް މޭލު ބޭރުންނެވެ.ފަޅުވެރިޔާގެ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 11:00 އެހައިކަންހާއިރު އެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ އުޅަނދެއް އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.