މ. ކޮޅުފުށީގައި ސަރުކާރުން ތަރައްގީ ކުރުން ތަރައްގީ ކުރަމުންދާ ފަތާ ސަރަހައްދު ފުނުްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަސައްކަތާއެކު އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވެސް މިހާރުވަނީ މަސައްކަތްކުރާ ސަރަހައްދަށް ގެންގޮސްފައި ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެ މަސައްކަތުގެ ދަށުން ރިވެޓްމެންޓްގެ ޕްރޮފައިލިންގ މަސައްކަތްތައް މި ހަފުތާ ތެރޭ ފަށާނޭ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 202 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 519 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 22.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.