ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ އޭނާ ފޮލޯކުރައްވަމުން ގެންދެވި ހުރިހައި އެންމެން އަންފޮލޯ ކުރައްވާފައެވެ. ޚާންގެ މި ކުއްލި އިންގިލާބުގެ ސިއްރެއް އަދި އެނގިފައެއް ނުވެއެވެ.

ޚާން އަންފޮލޯ ކުރެއްވި ބޭފުޅުންގެ ތެރޭގައި އޭނާގެ ފުރަތަމަ އަނބިކަނބަލުން، ޖެމީމާ ގޯލްޑްސްމިތުވެސް ހިމެނިވަޑައިގަންނަވައެވެ.

ޚާން ގެ @ImranKhanPTI އެކައުންޓުން އެންމެން އަންފޮލޯ ކުރެއްވުމުން މީހުން ވަނީ ޚާނަށް ފާޑު ކިޔުމާއި ޚާންގެ މިނިންމެވުން ބަހުސަކަށް ހަދާފައެވެ.

ބައެއް މީހުން އެންމެ ގަޔާ ނުވިކަމަކީ ޚާން އޭނާގެ ފުރަތަމަ އަނބިކަނބަލުން އަންފޮލޯ ކުރެއްވުމެވެ.

މި ޓުއިޓާ އެކައުންޓަކީ، 2010 ގައި ހަދާފައިވާ އެކައުންޓެކެވެ. އަދި ޖެމީނާ ވަރިކުރައްވައި ދެ ކައިވެންޏެއް ބައްލަވައިގަތް ފަހުންވެސް ޚާން ވަނީ ޖެމީމާ ފޮލޯކުރައްވަމުން ގެންދަވާފައެވެ.