ރޮބަޓް ބޭނުންކޮށްގެން އިންޑިއާގެ ބެންގަރޫލުގެ އެންޔޫ ހޮސްޕިޓަލުން އޮޕަރޭޝަންކުރާކަން އެނގޭހެއްޔެވެ؟ ވަރސިއަސް ރޮބޮޓިކް ސާޖިކަލް ސިސްޓަމް (އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު ރޮބޮޓް ބޭނުންކުރުން) އެންޔޫ ހޮސްޕިޓަލުގައި ތައާރަފްކޮށްފައިވަނީ މި އަހަރު އޭޕްރީލް މަހުގައެވެ.

ޚިދުމަތް ތައާރަފްކުރުމާ ގުޅިގެން އެ ހޮސްޕިޓަލް ވެގެން ދިޔައީ އިންޑިއާގައި މިޚިދުމަތް ތައާރަފްކުރި ފުރަތަމަ ނެފްރޯޔޫރޮލޮޖީ، ފަރޓިލިޓީ ސުޕަރ ސްޕެޝަލިޓީ (ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކުގެ އިތުރުން ދަރިމައިވުމުގައި ދިމާވާ މައްސަލަތަކުގެ ފަރުވާ އަށް ޚާއްސަ) ހޮސްޕިޓަލެވެ.

ރޮބޮޓިކް ސާޖަރީއަކީ ކޮބާ؟

ރޮބޮޓިކް ސާޖަރީ އަކީ ރޮބްޓް ބޭނުންކޮށްގެން އޮޕަރޭޝަންތައް ކުރުމެވެ. މި ޓެކްނޮލޮޖީއަކީ ކޮމްޕިއުޓަރ އެއިޑް ސާޖަރީ އާއި ރޮބޮޓް އެސިސްޓެޑް ސާޖަރީގެ މަޝްހޫރު ޓެކްނޮލޮޖީއެކެވެ.

ރޮބޮޓިކް ސާޖަރީ ކުރިއަށް ގެންދިޔުމަށް ރޮބޮޓް މުޅިން މެނިއުވަރކޮށް އޮޕަރޭޓް ކުރަނީ ކޮންސޯލް އިން އޮޕަރޭޝަން ޑޮކްޓަރުންނެވެ. ހަށިގަނޑުގައި ލޯވަޅު އަޅައިގެން ރޮބޮޓްތަކުގައި ހުންނަ ކެމެރޭ ބޭނުންކޮށްގެންނެވެ. މި ކެމެރާގެ ސަބަބުން ގުނަވަންތަކުގެ މެގްނިފައިޑް 3ޑީ ކޮށް އޮޕަރޭޝަންކުރާ މަންޒަރުގެ ރަނގަޅު ވިއުއެއް ލިބުމުން ސާޖަންއަށް އެ ޕްރޮސެސް މާ ފުރިހަމައަށް މޮނިޓަރކުރެވެއެވެ. މިގޮތަށް މި އޮޕަރޭޝަން ކުރުމުން ސާޖަންއަށް ނޭނގި ބަލިމީހާއަށް ލިބޭ އަނިޔާތަކަށް ނިމުމެއެއް އަންނާނެއެވެ.

ގިނަވަގުތު ހޭދަވާ އޮޕަރޭޝަންތަކަކީ ސާންޖަން ވަރުބަލިވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ފަހުން ކޮށްފާނޭ ކަމެކެވެ. އެހެންނަމަވެސް ރޮބޮޓިކް ސާޖަރީގެ ސަބަބުން ސާޖަން ކޮންސޯލެއްގައި ހަމަޖެހިގެން އިނދެ މި އޮޕަރޭޝަން ކުރުމަށް މަގުފަހިވެގެންދެއެވެ. އޭގެ ސަބަބުން ބަލިމީހާއަށް ފަހުން ކޮށްފާނޭ ނޭދެވޭ އަސަރުވެސް ކުޑަވެގެންދެއެވެ.

ބަލި މީހާއަށް ލިބޭ ފައިދާ

  • އިންފެކްޝަން ޖެހުމުގެ ނުރައްކާ ކުޑަވުން
  • ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ މުއްދަތު ކުރުވުން
  • ލޭ ފައިބާ މިންވަރު މަދުވުން
  • ތަދު އިހުސާވާ މިންވަރު ކުޑަވުން
  • އަވަހަށް ފަސޭހަވުން

އެންޔޫ ހޮސްޕިޓަލަކީ ސުޕަރ ސްޕެޝަލިޓީ ޓާޝަރީ ކެއާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގައި ކިޑްނީ ބަލިތަކުގެ ޚާއްސަ ފަރުވާދޭން ފަށައިފައިވަނީ 1999 ވަނަ އަހަރު ޖުލައިމިހުގައެވެ.