ހެންވޭރު ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުން ވެއްޖެއެވެ. ހިރިޔާގޭގައި އަލިފާން ރޯވީ އެގޭ ތިންވަނަ ފަންގިފިލާގައެވެ. މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލޮބުފައިވަނީ ރޭ 3:57 އެހައިކަންހާއިރު ކަމަށް އެތަނުން ވިދާޅުވިއެވެ.

އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރފައިޓަރުުން އެތަނަށް ގޮސް ވަނީ އަލިފާން ނިއްވާލަައިފައެވެ. އަލިފާން ނިއްވާލެވުނީ ރޭ ފަތިހު 4:23 އެހައިކަންހާއިރު ކަމަށް ވެެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެހެންނަމަވެސް ރޯވި ތަނުގެ ސީލިންގާއި ފަންކާއި، ފާޚާނާއާއި ތަށްޓާއި މޫނު ދޮންނަ ތަށި ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. މި ހާދިސާގެ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރޯވި ތަނަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފައެވެ.