މިއަހަރުގެ މަސްވެރީންގެ ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސުލްކުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު މިއަދު ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު އެރަށަށް ވަޑައިގަންނަވާނީ މިއަދު މެންދުރު އެވެ. އެރަށަށް ވަޑައިގެން މަސްވެރީންނާ އެމަނިކުފާނު މިއަދު މަސްވެރީންނާ ބައްދަލު ކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑު އައްސަވާނެއެވެ.

މި ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 3:35 ގައި ފަރެސްމާތޮޑާ، ހުވަދު ސްކޫލު ހޯލުގައެވެ. މިއަހަރު ފާހަގަ ކުރާ ރާއްޖޭގެ 42 ވަނަ މަސްވެރީންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ގދ، ފަރެސްމާތޮޑާގައެވެ. ދުވަހުގެ ހަރަކާތްތައް މިހާރުވަނީ އެރަށުގައި ފަށައިފައެވެ.