ކ. ކަނޑުއޮތްގިރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލާއި ބޮޑު ހިިލައިގެ ފުރަތަމަ ޝިޕްމަންޓް އެ މަސައްކަތްކުރާ ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމަސައްކަތުގެ ތެރެއިން މިހާރުވަނީ ކުރިއަށްދަނީ ނެރުގެ ބޭސިން ފުންކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން:

  • 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 125 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 265 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • ހާބަރ ޕޭވްމަންޓް ހެދުން
  • ބަނދަރު ބައްތި ޖެހުން
  • ނެރު ބައްތި ހަރުކުރުން

މިއީ 36.13 މިިލިއަން ރުފިޔާގެ މަޝްރޫއެކެވެ.