ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢުގެ ދަށުން، ބްރިޖް އަޅަން ހަމަޖެހިފައިވާ މަގު ސާފުކުރުމުގެ މަސައްކަތް މިހާރު ފަަށައިފައިވާ ކަމަށް އެމަސަައްކަތް ކުރާ އެމްޓީސީސީން ބުނެފިއެވެ. އޭގެ އިތުރުން މިހާރު ކުރިއަށްދަނީ ޖިއޯޓެކްނިކަލް ސަރވޭ ކުރުމުގެ މަސައްކަތްތައް ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.

މިއީ ސަރުކާރުން 84.17 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން:

  • 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުން
  • ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުން
  • 285 ސްޕަން ޕައިލް ހަރުކުރުން
  • 4596 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުން
  • 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުން
  • ތާރު އެޅުން
  • ރެއިލިންގ،
  • މަގުބައްތި ޖެހުން
  • މަގުމަތީ ނިޝާން ހަރުކުރުން ހިމެނެއެވެ.