ފ. އަތޮޅު ދަރަނބޫދުއާއި ފީއަލީގައި ފުލުހުންގެ ޕޯސްޓުތައް ހުޅުވައިފިއެވެ. މީގެ އިތުރުން އެ އަތޮޅުގައި މިހާރުވަނީ އަވަށްޓެރި ފުލުހުންގެ ޚިދުމަތް ވެސް ފަށައިފައެވެ. މިއީ ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދޭން ފެށި ޚިދުމަތެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ތ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމު ކޮށްފައިވަނީ މިމަހު 9 ވަނަ ދުވަހު ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ،
ފީއަލީ ޕޮލިސް ޕޯސްޓު ހުޅުވައިފައިވަނީ ޑިސެންބަރު 10 ވަނަ ދުވަހުއެވެ. އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ. ދަރަނބޫދޫ ޕޮލިސް ޕޯސްޓު ވެސް ހުޅުވައިދެއްވީ މިނިސްޓަރ ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފީއަލީގައި ފުލުހުންގެ ޚިދުމަތް ދެމުން ގެންދިޔައީ ޕޮލިސް ޑެސްކަކުންނެވެ. އެ ޚިދުމަތް ޕޮލިސް ޕޯސްޓެއްގެ ޚިދުމަތަށް މިހާރު މިވަނީ ބަދަލުކުރެވިއެވެ، އޭއާއެކު ޚިދުމަތް ކުރިއަށްވުރެ ފުޅާވެގެންދާނޭ ކަމަށް ބެލެވެއެވެ. އެރަށުގެ އިތުރުން ދަރަނބޫދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށް މިވަނީ ނިމިފައެވެ. އޭގެއިތުރުން އެއަތޮޅު ނިލަންދޫ، މަގޫދޫ އަދި ބިލެތްދޫގައި ވަނީ ޕޮލިސް ސްޓޭޝަން ގާއިމުކޮށް ޚިދުމަތްދޭން ފަށައިފައެވެ.
ދަރަނބޫދޫގައި އިއްޔެ ހުޅުވި ޕޮލިސް ޕޯސްޓާއެކު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކޮށް ޚިދުމަތްދޭންފެށި ފުރަތަމަ އަތޮޅަކީ ފ. އަތޮޅެވެ.