ސަރުކާރުން 22.1 މިލިއަން ރުފިޔާ ހޭދަކޮށްގެން ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިންގާ މަޝްރޫޢު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނީން ބުނެފައިވަނީ އެމަސައްކަތުގެ ދަށުން ބޭރު ތޮށިލުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށެވެ. މުޅި މަޝްރޫގެ ނުނިމި އޮތީ ތޭވީސް ޕަސެންޓު މަސައްކަތް ކަމަށް ވެސް އެކުންފުނީމް ވަނީ ބުނެފައެވެ. އެމަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އިތުރު ޝިޕްމެންޓެއް ވެސް މިހާރު ވަނީ މަސައްކަތްކުރާ ސަރަހައްދަށް ގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 490 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭއެވެ.