ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އަގުހުރި ޚިދުމަތެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކޮށް ޓަރކިޝް ކާގޯއަށް ހަނދާނީ ފިލައެއް ސަރުކާރުން ރޭ ދެއްވައިފިއެވެ.

އެފިލާ ޓަރކިޝް ކާގޯއާ ހަވާލުކޮށްދެއްވީ މިއަހަރުގެ މަސްވެރީންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގދ. ފަރެސްމާތޮޑާގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

އެ ހަނދާނީ ފިލާއާ ހަވާލުވީ ޓަރކިޝް ކާގޯ ގެ ސައުތު އޭޝިއާ ރީޖަނަލް ޑިރެކްޓަރހަލީތު ޓުންކަރއެވެ.

ޓަރކިޝް ކާގޯއަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޔޫރަޕާއި އެމެރިކާ އާއި ގުޅުވާލަދޭ އެއަރލައިނެކެވެ.

ކޯވިޑް19ގެ ބަލިމަޑުކަމުގައި ރާއްޖެ ފުރަބަންދުގައި އޮތް ދުވަސްވަރު، މަސްވެރިކަމުގެ އެކްސްޕޯޓްތައް ދެމެހެއްޓުމަށް ޓަރކިޝް ކާގޯއިންވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.