އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތަޢުފީގު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާ ބައްދަލުކުރައްވައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ އިސްކަންދަރު ބިލްޑިންގައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭގޮތުންނާއި، އިލެކްޝަން ކޮމިޝަނަށް ފުލުހުންގެ ފަރާތުން ބޭނުންވާ ސެކިއުރިޓީ ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. އޭގެ އިތުރުން ރިޔާސީ އިންތިޚާބުގެ އެކި ކަންކަމުގައި އިލެކްޝަން ކޮމިޝަނަށް ފުލުހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމާބެހޭ ގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އަދި ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި އިލެކްޝަން ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިން ބައިވެރިވިއެވެ.