"ޓްރެއިނިންގ އޮން ޗައިލްޑް ސެންޓާޑް އެޕްރޯޗް ޓު އިންވެސްޓިގޭޝަން" ފުރަތަމަ ޕްރޮގްރާމް އައްޑުއާއި ފުވައްމުލައް ސިޓީގައި ބާއްވައިފިއެވެ. މި މަހު 4 މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރު 4 އިން 7 އަށެވެ. މި ޕްރޮގްރާމުގައިި އައްޑޫ ސިޓީގެ 25 ފުލުހުންނާއި ފުވައްމުލައް ސިޓީގެ 19 ފުލުހަކު ބައިވެރިވެފައިވެއެވެ.

މިއީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރާ ހުރިހާ އިންވެސްޓިގޭޝަން އޮފިސަރުންނަށާއި ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާ އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ފުލުހުންގެ ދައުރު، ޝަރީއަތުގެ ކުރީމަރުހަލާގައި ކުދިންނަށް ލިބިދޭ ހައްގުތައް، ތަހުގީގު މަރުހަލާގައި ކުޑަކުދިންނަށް ފިޔަވަޅު އެޅުމުގައި ފުލުހުންނަށް ލިބިދޭ އިހުތިޔާރުތައް އަދި ޑައިވާޝަން ޕްރޮސެސް ކުރިއަށް ގެންދާނެގޮތުގެ މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ހުއްޓުވުމާއި ހިފެހެއްޓުމާއި ހައްޔަރުކުރުމުގައި އަމަލުކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތްތައް، ކުޑަކުދިން ހައްޔަރުކުރެވޭ ހާލަތްތަކާއި ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރަމުންދާ މަރުހަލާގައި ސަމާލުކަންދޭންވީ ކަންތައްތަކުގެ ޓްރެއިނިންގ އޮން ޗައިލްޑްސެންޓާޑް އެޕްރޯޗް ޓު އިންވެސްޓިގޭޝަން ޕްރޮގްރާމް ހިންގައިފިއިތުރުން ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ކުދިންނާ މެދު އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެ އިތުރުން، އަލަށް ބޭނުންކުރަންފަށާފައިވާ ޖުވެނައިލް އިންފޮމޭޝަން ސިސްޓަމަށް މުވައްޒަފުން އަހުލުވެރިކުރުވުމާއެކު ގައިޑިންގ ޕްރިންސިޕަލްސް ފޮރ ޕޮލިސިންގ އެންޑް ޗައިލްޑް ޕްރޮޓެކްޝަން، ވިކްޓިމް ސެންޓާޑް އެޕްރޯޗް ޓު ޗައިލްޑް އެކްސްޕްލޮއިޓޭޝަން އިންވެސްޓިގޭޝަނާ ބެހޭގޮތުންވެސް މައުލޫމާތު ދެވިގެންދާނެއެވެ. އަދި ޑޮމެސްޓިކް ވައިލެންސް އެކްޓާއި އެފަދަ މައްސަލަ ހުށަހެޅިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އިތުރުން އަނިޔާލިބޭ ކުދިން ދެނެގަންނާނެ ގޮތާއި އެފަދަ ކުދިންނާއެކުގައި މަސައްކަތްކުރާނެގޮތް މި ޓްރެއިނިންގެ ތެރެއިން ދަސްކޮށްދެވޭނެއެވެ.

މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަކީ، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމާ އަދި ގާނޫނާ ހިލާފުވެފައިވާކަމަށް ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރާނެ ގޮތާއި ކުޑަކުދިންގެ މައްސަލަތައް ރެކޯޑުކޮށް ގޮތް ނިންމުމަށް ހާއްސަކުރެވިފައިވާ ޖުވެނައިލް އިންފޮމޭޝަން ސިސްޓަމަށް އަހުލުވެރި ބަޔަކަށްހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.