ރަތްވިލާ މަގުގައި ހުރި ވޯކްޝޮޕެއްގައި މިރޭ ހިިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށެވެ. އޭނާއަށް މިހާރު ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާއާ ބެހޭ އެއްވެސް ތަފްސީލެއް އަދި އެނގިފައެއް ނުވެެއެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހަށް ލިބިފައިވަނީ މިރޭ 8:46 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. ވޯކްޝޮޕްގައި ރޯވި އަލިފާން މިހާރުވަނީ ނިއްވާލެފައިވެއެވެ. މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެ ފުލުހުން ވިދާޅުވިއެވެ.