ޕޮލިސް ކްލަބާއި ހޭންޑް ބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހޭންޑް ބޯލް ކޯޗިންގ ކޯހުގެ ދެ ވަނަ ބުރު ފަށައިފިއެވެ.

މި ކޯހަކީ ހޭންޑް ބޯލްގެ ދާއިރާއިން މީހުން ބިނާކުރުމާއި މި ދާއިރާއަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހޯދައިދިނުމަށް ކުރިއަށް ގެންދާ ކޯހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިއްޔެއިން ފެށިގެން މި މަހު 24 އަށް ކުރިއަށް ގެންދާ މި ކޯހުގައި އަތޮޅު ތެރެއިން ތޭރަ ފުލުހުންނާއި މާލެ އޭރިއާއިން ފަނަރަ ފުލުހުން އަދި އާންމުންގެ ދެ މީހަކު ހިމެނޭހެން ތިރީސް މީހުން ބައިވެރިވެއެވެ. އެއީ ދެ ޖިންސް ހިމެނޭ ގޮތަށެވެ.

މި ކޯހުގެ މުދައްރިބުންނަކީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން އަޒްހަމް އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން ފަހީމްއެވެ.