''ކޮމިއުނިޓީ އިންޕެކްޓް އެވޯޑް 2022'' މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަން ވިތު ޑިސްއެބިލިޓީސް (އެމްއޭޕީޑީ) އަށް ލިބިއްޖެއެވެ. މި އެވޯޑަކީ އެމްވީޕުލަސް އިން ދިން ޚާއްސަ އެވޯޑެކެވެ. މިއީ އެމްއޭޕީޑީ އިން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ދިން އެވޯޑެކެވެ.

ޝާމިލު މުޖުތަމަޢުއެއް ބިނާކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، ޤައުމު ބިނާކުރުމުގައި ޙިއްސާވާ ބަޔަކަށް ހެދުމަށްޓަކައި އެމްއޭޕީޑީން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެމްވީ ޕްލަސްއިން ދިން މިއެވޯޑާ ޙަވާލުވެލެއްވީ އެމްއޭޕީޑީގެ ވައިސް ޗެއަރޕަރސަން (ލޯކަލް އެފެއާރޒް) އަހްމަދު ނަޖީބެއެވެ.

އެމްއޭޕީޑ އަކީ ނުކެޅުދުންތެރި ހުންނަ ފަރާތްތަކުގެ ހައްގުގައި އެތައް މަސައްކަތެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ނުކުޅުދެނުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުމަށްޓަކައި، ތަޢުލީމާއި ތަރުބިއްޔަތުކޮށް، އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައްވެސް އެޖަމިއްޔާއިން ފަހިކޮށްދެއެވެ.