މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ "ސޭފްޓީވީކް 2022" މިއަދު ފަށައިފިއެވެ. އެމްޕީއެލްއިން ބުނެފައިވަނީ މިއީ އެކުފުނީގެ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތު މާހައުލެއް ކަށަވަރުކުރާނޭ ގޮތާގުޅޭ ގޮތުން ހޭލުންތެރި ކުރުމުގެ ގޮތުން ބާއްވާ ވީކެއް ކަމަށެވެ.

މި އަދު މިވީކް ފަށްޓަވައިދެއްވީ އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އަދި ސީއީއޯ ޝާހިދު ޢަލީއެވެ. ހަފްތާ ފަށްޓަވައިދެއްވަމުން ޝާހިދު ވިދާޅުވީ މުވައްޒަފުންގެ ރައްކާތެރިކަމަކީ އަބަދުވެސް ކުންފުނީން އެންމެ އިސްކަންދެއްވާ ކަންތައް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވަނީ އެކުންފުނީގެ ހެލްތު، ސޭފްޓީ އެންޑް އެންވަޔަރަމަންޓް ޕޮލިސީ ސްޓޭޓްމަންޓު އިފްތިތާހުކޮށްފައެވެ. އެއީ ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ އެންމެމަތީ މިންގަނޑުތަކާއި އުސޫލުތައް ހިމެނޭ ސްޓޭޓުމެންޓެކެވެ. އެކުންފުނީން ކުރަމުންދާ މަސައްކަތަށް ބަލާއިރު މި ސްޓޭޓުމެންޓުގެސަބަބުން ރައްކާތެރިކަމާއެކު މަސައްކަތް ކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައިވަނީ އެޕޯޓުގައި ހިނގާފައިވާ ހާދިސާތަކުގައި ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އިސްކޮށް އުޅުނު މީހުންނަށް އެކަން ފާހަގަކޮށް ހަނދާނީލިޔުމެއް ވެސް ދީފައެވެ. އޭގެ އިތުރުން މުވައްޒަފުންނަށް ވަނީ ހެލްމެޓުތަކެއް ވެސް ހަދިޔާ ކޮށްފައެވެ.