އިންސްޓަގްރާމް ގްރާމްގެ ޕޯސްޓަކަށް ދުނިޔޭގެ އެންމެ ގިނަބަޔަކު "ލައިކް" ދިނުމުގެ ރެކޯޑް ރެޔާއި ހަމައަށް އޮތީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ، މިފަހަރުގެ ވަރލްޑް ކަޕް ފެށުމުގެ ކުރިން ވާދަވެރި ލިއޮނަލް މެސީއާއެކު ޗެސް ކުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއަކަށެވެ. އެފޮޓޯއަށް 42 މިލިޔަން މީހުން ލައިކް ދީފައިވެއެވެ. މިފޮޓޯ އިންސްޓްގްރާމަށް އަޕްލޯޑް ކޮށްފައި ވަނީ ރޮނާލްޑޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުންނެވެ.

އެކަމަކު ރޭ ފްރާންސް ބަލިކޮށް ވަރލްޑް ކަޕް ކާމިޔާބުކޮށް، ވަރލްޑް ކަޕުގެ ރަންތައްޓާއެކު މެސީ އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯ މިހާރު މިވަނީ 47 މިލިޔަން މީހުން ލައިކްދީ ރޮނާލްޑޯގެ އިންސްޓަގްރާމް ރެކޯޑް މުގުރާލާފައެވެ.

ރޮނާލްޑޯގެ އިންސްޓަގްރާމް ރެކޯޑް މެސީ މުގުރާލާފައި މިވަނީ ވަރލްޑް ކަޕުގެ ތައްޓާއެކު ރޮނާލްޑޯއަށްވުރެ ކުރި މެސީ ހޯދައިފި ކަމަށް ބުނާ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މިދެކުޅުންތެރިންނަކީ ފާއިތުވެދޔަ 17 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ފުޓްބޯޅަ ލީޑް ކުރި ދެކުޅުންތެރިންނެވެ. ފުޓްބޯޅައިގެ ތާރިހުގައިވެސް ރޮނާލްޑޯ އާއި މެސީ ދެމެދު ފެނުނު ފަދަ ވާދަވެރިކަމެއްވެސް ފެނިފައެއް ނުވެއެވެ.

ރޮނާލްޑޯ 2016 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމާއެކު "ގޯޓް ބަހުސް" އޭނާ ކޮަށް ބުރަވާކަމަށް ރޮނާލްޑޯއަށް ތާއިދު ކުރާ ފަރާތްތަކުން ދެކުނެވެ. އެކަމަކު އޭގެފަހުން މެސީ ވަނީ މިދިޔަ އަހަރު ބޭއްވި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަމާއި ފައިނަލިއްސިމާ (ދެކުނު އެމެރިކާ ޗެމްޕިއަންނުންނާއި ޔޫރަޕް ޗެމްޕިއަން ކުޅޭ 1 ލެގުގެ ފައިނަލެއް) މެސީގެ ކެޕްޓަން ކަމުގެ ދަށުން އިޓަލީ 0-3 އިން ބަލިކޮށް ބަލިކޮށްފައެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދުމަށްފަހު މެސީ މިދިޔަ އަހަރު އިންސްޓަގްރާމަށްލި ފޮޓޯވެސް ވެގެންދިޔައީ އޭރުގެ ރެކޯޑަކަށެވެ.