ހެންވޭރު ގެއެއްގެ ތެރޭގައި މިއަދު ހިނގި އާއިލީ ހަމަނުޖެހުމެއްގައި އަންހެން ކޮއްކޮ އޭނާގެ ބޭބެ އަށް ވަޅީން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

މި ހަމަލާގައި ޒަޚަމް ވެފައިވަނީ އުމަރުން 37 އަހަރުގެ ދިވެހި ފިރިނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަށް ހަމަލާ ދީފައިވަނީ އުމަރުން 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި މާރާމާރީގައި ޒަޚަމްވި މީހާއަށް މިހާރުަދަނީ ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމަތު ލިބިފައިވަނީ މިއަދު މެންދުރު 12:21 އެހައިކަންހާއިރު ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް ލިބިފައިވާ ޒަޚަމާބެހޭ އެއްވެސް މައުލޫމަތެއް އަދި ލިބިފައެއް ނުވެއެވެ. މި ހަމަލާ ދިން މީހާ މިހާރުވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ބަލަންޖެހޭކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.