ލ.ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އަލް ޘާނީ ސްކޫލުގެ ކެޑޭޓުންނަށް ސްވިމިންގ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ހަމަދު ބިން ހަލީފާ އަލް ޘާނީ ސްކޫލުގެ ކެޑޭޓުންނަށް އެ ސްކޫލުގައި ސެޕްޓެންބަރު 23އިން 25އަށް ކުރިއަށް ގެންދާ ކެޑޭޓް ކޭމްޕްގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިޔަ އެ ސެޝަންގައި އެ ސްކޫލުގެ 49 ކެޑޭޓުން ބައިވެރިވިއެވެ.

މިސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ޑްރައުނިންގ، ސީޕީއާރު/ރިކަވަރީ ޕޮސިޝަން، ކެރީންގ ޕޮސިޝަން އަދި ފްލޯޓިންގ ހިމެނެއެވެ. އަދި އަމަލީގޮތުން އެ ބައިތައް ސެޝަންގެ ކެޑޭޓުން ވަނީ ފަރިތަކޮށްފައެވެ.

މި ސެޝަންގައި ކެޑޭޓުންނަށް މަޢުލޫމާތު ފޯރުކޮށްދީ، ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.