ރާއްޖޭ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފް ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.
ރާއްޖޭގެ އުމުރު ފުރާތަކުގެ ގައުމީ ޓީމަށާއި ގްރީން ސްޓްރީޓުގައިވެސް މޮޅަށް ކުޅެފައިވާ ސާއިފް ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓްކުރީ ރޭ ދަންވަރު ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ސާއިފް،30، އެންމެފަހުން ފެނިފައި ވަނީ ރޭ 9:00 ހާއިރު ހުޅުމާލެ ފޭސް ތިނަކުން (ފަރުކޮޅުފުށި ސަރަހައްދު) ކަމަށް ފުލުހުން ބުނެއެވެ.
ސާއިފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.
ޤަބޫލު ކުރިޔަސް ނުކުރިޔަސް .....ކޮމެންޓް ޖެއްސަސް ނުޖެއްސަސް......ޙައްލަކީ ޢުމަރު.........ޙުކުމް ތަންފީޒު ކުރަން ކެރޭނެ ...ކުރާނެ....އެހިތްވަރު ހުންނާނެ.... * ދައުލަތުން ވައްކަން ކޮށްފި ނަމަ...އަތް ކަނޑާނެ. * ޑްރަގު ހުއްޓުވާނެ....އެތެރެ ކުރާ ބޯޓު ފަހަރު މީހުން ދަމައިގެންފަ ފައްތާނެ. * މަރުގެ ޙުކުމް ތަންފީޒު ކުރާނެ. * ގޭންގް ހުއްޓުވާނެ. * މާރާމާރީ ގައި ކަނޑި އާއި ވަޅި ނަގައިފި ނަމަ ފުލުހުން ފިސްތޯލަ ނަގާނެ. * ގޭންގް ވުޖޫދުން ފޮހެލާނެ. ތައްޤީ ގެންނާނެ. * ތަޢުލީމީ ކުދިންނަށް ފުރުޞަތު ލިބޭނެ * އިސްލާމް ދީނަށް އިސްކަންދޭނެ.