ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެގެން ފުލުހުން އިޢުލާން ކޮށްފިއެވެ. މި މިހާ ހޯދަން އިޢުލާން ކުރަން ޖެހުނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީއާއި ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައިފައިވާތީ ކަމަށެވެ.

ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މި މައްސަލައަށް ފުލުހުން ހޯދަމުންދަނީ، ކ. މާލެ/ މ. ގުލްހަޒާރުގޭ މުޙައްމަދު މިރުޒާއެވެ. މީނަގެ އުމުރަކީ 37އަހަރެވެ.

އެ އިޢުލާނުގައިވާ ގޮތުން އޭނާ ހާޒީރުުވާން ޖެހޭނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށެވެ. ހާޒިރުވާންޖެހޭ ތާރީޚަކީ އަންނަ މަހު 2 ވަނަ ދުވަހުގެ ހެނދުނު 10:30 އެވެ.