އެމް.އާރް.އެމްގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ށ. މިލަންދޫއަށް ވަޑައިގެންފިއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންނެވީ އިއްޔެއެވެ. އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށް އެމްއާރުއެމުން ބުނެފައިވެއެވެ.

ރައީސް މައުމޫންގެ މި ދަތުރުފުޅަކީ، މިލަންދޫގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަކުރުމަށް ބާއްވާ ޙަފްލާ ޝަރަފުވެރިކޮށްދެއްވުމަށް، މިލަންދޫ ކައުންސިލާއި ރައްޔިތުންގެ ދަޢުވަތަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމްއާރުއެމުން ބުނެފައިވެއެވެ.

ށ. މިލަންދޫ އާބާދުކޮށް، ށ. މާކަނޑޫދޫ ރައްޔިތުން އެ ރަށުގައި ވަޒަންވެރިކުރުމުގެ މަސައްކަތަކީ ރައީސް މައުމޫންގެ ޒައާމަތުގައި ފަށައި، އެއްކޮށް ނިންމުނު މަސައްކަތެކެވެ.