ކުރިން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނެވި އަޙުމަދު ރިޔާޒް ސަސްޕެންޑުގައި ހުންނަވާތާ 6 މަހަށްވުރެ ގިނަދުވަސްފަހުން ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް އިއްޔެ ހަމަޖައްސަވައިފިއެވެ.

މިކަމާ ގުޅުގެެން އަޙުމަދު ރިޔާޒް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް އޭނާ ހަމަޖެއްސެވިކަން އިއްޔެ އަންގަވާފައިވާ ކަމަށެވެ. ރިޔާޒު މިހާރު ހުންނެވީ މާލެއިން ބޭރުގައެވެ. އޭނާ އެނބުރި މާލެ ވަޑައިގަންނަވާނީ ޖެނުއަރީ 2 ގައެވެ. މާލެ ވަޑައިގަތުމަށްފަހު އޮފީހަށް ނިކުންނަވާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ސަސްޕެންޑުގައި ހުންނެވި ދުވަސްވަރު ބަރާބަރަށް މުސާރަ ހިނގަމުން ދިޔައެވެ.