ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ "ފެލާލައިފި" ޖަލްސާ މިރޭ 8:30 ގައި ކާނިވާ ސަރަހައްދުގައ އޮންނާނޭ ކަމަށް އެ ކޯލީޝަނުން ބުނެފިއެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ މިޖަލްސާއަކީ މިހާރު ވެރިކަން ކުރަނީ ރައްޔިތުން ފެލާލައިގެން ކަމަށް ވާތީ އެކަން ރައްޔިތުްގެ ސަމާލުކަމަށް ގެނައުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

ޖަލްސާއަށް ވީހާ ވެސް ގިނަ މީހުން އައުމަކީ ކޯލިޝަންގެ ވަރަށްބޮޑު އެދުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޕީޕީއެމް/ޕީއެންސީއަށް ތާއިދުކުރާ މީހުންނާއި ސަރުކާރަށް ތާއިދު ނުކުރާ ވީހާވެސް ގިނަ މީހުން މިޖަލްސާގައި ބައިވެރިވުމަށް ހީނާވަނީ އެދިވަަޑައިގެންފައިވެއެވެ. މިޖަލްސާގެ ބޭނުމަކީ ސަރުކާރުން މިހާރު އަމަލުކުރަމުންދާގޮތް ނޫން އެހެން ރަނގަޅުގޮތެއް ރައްޔިތުން ބޭނުންވާކަން ސަރުކާރަށް އެންގުން ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.