ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމަށް ފާށާނާ އެވޯޑު އަރުވައިފިއެވެ.
އެމަނިކުފާނަށް މި އެވޯޑު އަރުވާފައިވަނީ ށ. މިލަންދޫގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެރަށުގައި ބޭއްވި ޚާއްސަ ޖަލްސާގަައެވެ. އެ ޖަލްސާގައި ވަނީ އެރަށުގައި މީހުން ވަޒަންވެރިވުމުގެ ގޮތުން އެކި ރޮނގުރޮނގުން ޚިދުމަތް ކުރެއްވި ފަރާތްތަކަށް މި އެވޯޑު ދެއްވައިފިއެވެ.
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްއަށް މި އެވޯޑް އަރުވާފައިވަނީ، ށ. މާކަނޑޫދޫން މިލަންދޫއަށް މީހުން ބަދަލު ކުރެއްވުމަށް ގެންގުޅުއްވި ސިޔާސަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އަލަށް މީހުން ވަޒަންވެރިވި މިލަންދޫގެ ހަތަރުވަނަ ކައުންސިލުން ވަނީ މިދުވަސް ކޮންމެ އަހަރަކުވެސް ފާހަގަ ކުރުމަށް ނިންމަވާފައެވެ. އެގޮތުން މިއަހަރުގެ އެ ޖަލްސާ ޝަރަފުވެެރި ކޮށްދެއްވީ ރައީސް މައުމޫންއެވެ.