ފެނަކަ ކޯޕަރޭޝަނުންް ސްމާޓް މީޓަރުގެ ޚިދުމަތް ރަސްމީކޮށް މިއަދު ތައާރަފްކޮށްފި އެވެ.

އެކުންފުނީން މިޚިދުމަތް ތަޢާރަށްފްކުރީ ގއ. މާމެންދޫގައި މިއަދު ހުޅުވި އެރަށު އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މި ޚިދުމަތް ރަސްމީކޮށް ތަޢާރަފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

ފެނަކައިން ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން ހިޔުމަން އެރާއެރުން ނިމުމަކަށް އަންނާނޭ ކަމަށެވެ. އަދި ރިއަލް ޓައިމްގައި އޮޓޮމޭޓު ވެގެންދާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ޚިދުމަތަށް އެދޭ ކަސްޓަމަރުންނަށް ބޭނުންވެއްޖެ ހާލަތެއްގައި އެޕްލިކޭޝަންގެ ޒަރިއްޔާއިން އެދުވަހުގެ ރީޑިން ބަލާވެސް ލެވޭނެ ކަމަށެވެ. ސިސްޓަމުން ބިލް ދައްކާއިރު ތިމާގެ ބިލަށްއެރި ޔުނިޓް އަދަދު ދެނެގަތުމަށް މީގެ ސަބަބުން މަގުފަހިވެގެންދާނޭ ކަމަށް ވެސް ފެނަކައިން ވިދާޅުވެފައިވެއެވެ.